ސީއެސްސީގެ ރައީސް ކަމުގެ މަޤާމަށް މުޖްތާޒްގެ ނަން މަޖިލީހަށް ފޮނުއްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމުގެ މަޤާމަށް، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއަކީ މިހާރު އެ ކޮމިޝަންގެ ނާއިބް ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާގައި ވަނީ ރައިސުލްޖުމްހޫރިއްޔާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ނާއިބް ރައީސް ގެ މަޤާމަށް ހުށަހެޅުއްވި ނަންތައް ހުށަހަޅުއްވާފައެވެ.

ނާއިބް ރައީސް ކަމަށް ހުށަހެޅި ނަމަކީ މުޙައްމަދު ނާޞިހް އެވެ. ނާސިހް އަކީ މިދިޔަ ދައުރު ކޮމިޝަންގެ ރައީސް އެވެ. މިއީ ނާސިހް ސިވިލް ސަރވިސް ކޮމިޝަންގައި މަސައްކަތްކުރައްވާ ދެވަނަ ދައުރެވެ.

މި ނަންތައް ދިރާސާކުރެއްވުމަށް މަސައްކަތާއި ބެހޭ ދާއިމީ ކޮމެޓީއަށް މިއަދު ވަނީ ފޮނުއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް