ހުޅުމާލެ 3 ސުކޫލެއްގެ މުދައްރިސުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި

ޞަލާޙުއްދީން ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަދި ހުރަވީ ސްކޫލްގެ މުދައްރިސުންނާ މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ބައްދަލުކުރައްވައިފިއެވެ.

މުދައްރިސުންނާ ބައްދަލުކުރެއްވުމަށް ޞަލާޙުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވާ، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ މިނިސްޓަރ ހިއްސާކުރެއްވިއެވެ.

ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާ ފަންނީ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ޕޮލިސީތަކާއި ކަރިކިޔުލަމް ތަންފީޒުކުރުމުގައާއި، ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް