މަސްވެރިކަން ޕްރޮމޯޓުކުރާ ކުންފުނީގެ އެމްޑީގެ މަޤާމަށް ޑރ. މުޙައްމަދު އިބްރާހިމް އައްޔަނުކޮށްފި

މަސްވެރިކަން ޕްރޮމޯޓް ކުރަން މިއުފައްދާފައިވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޑރ. މުހައްމަދު އިބްރާހީމް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އދ. މާމިގިލި/ ޖަވާހިރުވާދީ، ޑރ. މުޙައްމަދު އިބްރާހިމް ވަނީ އެމްއެފްއޯއާރުއެމްޕީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ބޯޑު މެންބަރުކަމަށް އައްޔަންކޮށްފައި ކަމަށެވެ.

ޑރ. މުޙައްމަދު އިބްރާހިމް ވަނީ މީގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަންވެސް އަދާކުރައްވާފައެވެ.

އެ މަގާމަށް ޑރ. މުހައްމަދު އިބްރާހީމް އައްޔަންކުރެއްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު ޒަރީރު، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަންކުރުމާ ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް