ހުޅުމާލެއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ހުޅުމާލެ ފޭސް 1 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ތަކެތި ހޯދާފައިވަނީ މި މަހު 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައެވެ.

ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު 148 ނަންބަރު ފްލެޓް ސިޑިގޮޅި ކައިރީގައިހުރި މީހަކު ފުލުހުން ފެނުމުން އެ ސަރަހައްދުން ވަނީ ގޮސްފައެވެ. އެހެންކަމުން، ފުލުހުން ގޮސް އެ ސަރަހައްދު އަދި ފްލެޓް ސިޑިގޮޅި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.60 ގުރާމެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް