މާފުށީ ކައުންސިލާއި ލޯކަލް އޮތޯރިޓީ އޮފީހުގެ ބިންގާ އަޅައިފި

މާލެ އަތޮޅު މާފުށީގައި ޢިމާރާތްކުރާ ކައުންސިލް އިދާރާއަދި ކ. މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އެގޮތުން މި އިމާރާތުގެ ބިންގާ އެޅުއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މާލެ އަތޮޅު މާފުށްޓަށް އިއްޔެ ވަޑައިގަތީ މާފުށީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާއި، މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ އައު އޮފީސް ޢިމާރާތް ބިންގައު އަޅުއްވައިދެއްވުމަށާއި، މާފުށީ މަންތާ އައިލެންޑް އަދި ޕިކްނިކް އައިލެންޑް ހިމެނޭ ގޮތަށް ގޮނޑުދޮށް ތަރައްޤީކުރުމަށް ގެނެސްފައިވާ ސޭންޑް ޕަންޕު އަދިބާޖު ކޮމެންސްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް