4000 ފްލެޓުގެ ތެރެއިން 3،119 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ
ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 3،100 އަށް ވުރެ ގިނަ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ. މިގޮތުން އެފްޑީސީން ހާމަކުރި ގޮތުގައި އިއްޔެއާ ހަމައަށް 3،119 އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާތަނަށް ތާވަލުކުރެވިފައިވަނީ 3،131 އެއްބަސްވުމެކެވެ. އެފްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށެވެ. މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް