ވިލިމާލޭ ހުޅަނގު ބަނދަރު ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުފަހަރު ނެގުމަށް އަންގައިފި

ވިލިމާލެ ހުޅަނގު ބަނދަރުގެ ބޭރުތޮށި ކައިރި ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އުޅަނދު ފަހަރާއި އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދު ފަހަރު ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ވަނީ މި އުޅަނދުފަހަރު 30 ސެޕްޓެންބަރ 2025 ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކޮށްދިނުމަށް އެދިފައެވެ.

ސިޓީ ކައުންސިލުން ބުނީ މި މުއްދަތުގެ ނިޔަލަށް އެ ސަރަހައްދުން  އެ އުޅަނދު ފަހަރު ނަގާފައި ނުވާނަމަ  އެ އުޅަނދު ފަހަރު ނެގުމާ ގުޅޭގޮތުން ކުރަންޖެހޭ ގާނޫނީ ކަންކަން އެ ކައުންސިލުން ކުރަމުންގެންދާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް