ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރައިން ހުޅުވާލައިފިއެވެ.

އެ ވުޒާރައިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ 10 ފުރުސަތު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވާތީ، މި ސްކޮލަރޝިޕް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލްގެ 03 މާއްދާއިން (ބަޔޮލޮޖީ އާއެކު) "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 02 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތް ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ ލެވެލް 4 ގެ ސަނަދެއް ފުރިހަމަކުރުން (ދާއިރާއިން ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކުރުން ނުވަތަ އުމުރުން 20 އަހަރު ފުރިހަމަވެ ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި، މަސައްކަތުގެ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން އަދި ސެޓިފައިޑް ޕްރޮފިޝިއެންސީ އިން އިންގްލިޝް (ޖީސީއީ އޯ ލެވެލް/އައިޖީސީއެސްއީ އިނގިރޭސި/އެމްއެންޔޫ އިނގިރޭސި ބަހުގެ ކޮމްޕެޓެންސީ ޓެސްޓް ނުވަތަ އެއާ އެއްވަރުގެ ޓެސްޓް) އެއް ފުރިހަމަކޮށްފައިވުން ހިމެނެއެވެ.

މި ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް ކޯސް ފީއާއި މަންތްލީ އެލަވަންސްގެ އިތުރުން ބްލެންޑަޑް މޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން މާލެއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި އިތުރު އެލަވަންސެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ކޯހަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެ އެ ވުޒާރާއިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް