މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި"މޯލްޑިވްސް 2.0" އިނިޝިއޭޓިވްގެ ދަށުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ހިންގުން އެއް ވިއުގައަކުން ޑިޖިޓަލައިޒްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. "މޯލްޑިވްސް 2.0"އަކީ މުޅި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ޓަކައި ކުރެވޭ ޚާއްޞަ މަސައްކަތްތަކެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމު އެއްކޮށް ބަދަލުވެ، ވަކިވަކިފަރުދުންނަށް ބޭނުންކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމްކުރެވިގެން ދާނެ ކަމަށް ސިޓީސް މިނިސްޓްރީން ބުނެއެވެ.