އިޤުތިޞާދީ ވުޒާރާއިން ޔުއާން ޕްރޮވިންޝަލް އެނަރޖީ އިންވެސްޓްމަންޓް ގްރޫޕާއެކު ބައްދަލުވުމެއް ބާއްވައިފި

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޔުއާން ޕްރޮވިންޝަލް އެނަރޖީ އިންވެސްޓްމަންޓް ގްރޫޕް (ވައިއީއައިޖީ) ގެ މަތީ ފަންތީގެ ވަފުދަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަންގައި ކުރެވުނު މަޝްވަރާތަކުގެ ދަށުން ވައިއީއައިޖީން ކުރައްވާ ދަތުރެކެވެ. މި ދަތުރުގެ މަޤުޞަދަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އެއްބާރުލުން ވަރުގަދަކުރުމެވެ.

ޔުއާންގެ ހަކަތައިގެ އިސްތިރާޖާއި ބައިނަލްއަޤްވާމީ މަޝްރޫޢުތައް ހިންގާ ލީޑިންގ ކުންފުންޏެއް ކަމަށްވާ ވައިއީއައިޖީ އިން ވަނީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ މާކެޓުގެ އިބްތިދާއީ ތަހުލީލު މި ބައްދަލުވުމުގައި ހުށަހަޅައިދީފައެވެ.

އަދި މުސްތަޤުބަލުގައި އެއްބާރުލުން ދިނުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް