ޕޯސްޓްގެ ޚިދުމަތް ދެއްވަން ތިއްބެވި ހުރިހާ މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އަހަރީ ދުވަހާ ގުޅިގެން އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ފޯރުކޮށްދީފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ފޯރުކޮށްދީފަައިވާ ކަމަށެވެ.

ރައީސް ވަނީ ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ދަންނަވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް