މިއަދު ހަވީރު 4 އިން މިރޭ 9 އަކަށް ބުރިޖުގެ އުތުރު ފަޅި ބަންދު

ފަސް ގަޑިއިރަށް މިއަދު ސިނަމާލެ ބުރިޖުގެ އެއް ފަޅި ބަންދުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން  ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ، މިއަދު ހަވީރު 16:00އިން 21:00ގެ ނިޔަލަށް ބަންދުވާނީ ބުރިޖުގެ އުތުރު ފަޅި ކަމަށެވެ.

އެގޮތުން، ބަންދު ކުރާ ވަގުތުތަކުގައި އެފަޅި ބޭނުންކުރެވޭނީ އިމަޖެންސީ ވެހިކަލްތަކަށް އެކަނި ކަމަށާއި ބުރިޖުގެ ދެކުނު ފަރާތުން، އެ ވަގުތުތަކުގައި އާންމު އުޅަނދުތަކަށް ދެކޮޅަށް ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހައިވޭގެ އެއް ފަރާތް ބަންދު ކުރަނީ އެއާޕޯޓުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހަރަކާތެއް ބޭއްވުމަށެވެ.

އެ ހަރަކާތުގެ މަގުސަދަކީ ކުއްލި ހާލަތެއް ދިމާވާއިރު، އެއާޕޯޓުގެ އެމަޖެންސީ ޚިދުމަތްތައް ތައްޔާރުތޯ ބެލުމާއި މާލެ ސަރަހައްދުގައި ހޮސްޕިޓަލްތައް ތައްޔާރުތޯ ބެލުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް