ސްޓެލްކޯގެ އެމްޑީ ވަކިކޮށް އެމަގާމަށް ޝަމާހް އައްޔަންކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން ފަހުމީ ވަކިކޮށްފިއެވެ.

އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެމަގާމަށް މ. ސިސްކިން، އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާކަމަށެވެ.

ހުސެއިން ފަހުމީއަކީ މި ސަރުކާރު ވެރިކަން ފެށުމާއެކު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28ވަނަ ދުވަހު އެމްޑީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ފަރާތެކެވެ.

ފަހުމީ އަކީ 1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުންގެންދެވި ފަރާތެކެވެ. އެގޮތުން ފަހުމީ ވަނީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓްގެ އެޗްއޯޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، ކަސްޓަމާ ސާވިސް އަދި ސްޓެލްކޯގެ އެކި މަގާމުތައް ފުރުއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވި އަޙްމަދު ޝަމާޙް މީގެ ކުރިން ވަނީ މިފްކޯގެ ސީއީއޯގެ މަޤާމު އަދާކުރައްވާފައެވެ.

ސަމާހް މިފްކޯގެ އެމްޑީކަމުން ސަސްޕެންޑްކުރުމަށް ފަހު މަގާމުން ވަކިކުރުމަށްފަހު  2024ގައި އޭނާވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް