ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ވަޒީރުގެ ނައިބު މެލޭޝިއާއަށް

ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ވަޒީރުގެ ނައިބު ޝައިޚް އިމްޠިޠާޢު އައްބާސް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

މިއީ ލެމްބާގާ ޒަކާތު އިދާރާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ. މި ދަތުރުފުޅުގައި "ކައިޒަކް 2025" ޒަކާތު ކޮންފަރެންސްގައި އެމަނިކުފާނު ޕެނެލިސްޓެއްގެ ގޮތުގައި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މެލޭޝިޔާގައި ކުރިއަށްދާ މި ކޮންފަރެންސްގައި އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިސްލާމީ ފައިނޭންސް ދާއިރާގެ ބޭފުޅުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިދިޔަ މަހު ކުރިއަށް ގެންދިޔަ ޒަކާތު ކޮންފަރެންސް، އިންޒެކް2025 ގައި މެލޭޝިޔާގެ ވަފުދަކުން ބައިވެރިވެލައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް