ހުޅުމާލޭ ފޭސް 2 އެއްގައި މެޑިކަލް ކޭމްޕެއް ބާއްވައިފި

ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން އިންތިޒާމްކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.

މި މެޑިކަލް ކޭމްޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ.

މިމެޑިކަލް ކޭމްޕް ބާއްވާފައިވަނީ އިއްޔެ ހަވީރު 4 އިން ރޭގަނޑު 10:30އަށެވެ.

މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި މެޑިކަލް ކޭމްޕެއް ކަމަށް ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން މައުލޫމަތުދެއެވެ.

ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް އަމާޒުކޮށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް