"އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމް އިފްތިތާހުކޮށްފި
"އިމިގްރޭޝަން އިންސައިޓްސް"ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމްގެ އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި "އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމްއަކީ ޕޯސްޓެއް ނުވަތަ ކުރު ވީޑިއޯއެއްގެ ގޮތުގައި ގެނައުމަށް ނިންމަފައިވާ ޕްރޮގްރާމެކެވެ. އަދި މި ވީޑިއޯތައް މެދުވެރިކޮށް އިމިޤްރޭޝަން އޮފިސަރުން ތަފްސީލުކޮށް މައުލޫމާތުތައް ފޯރޮކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަހުން ފެށިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިމިްގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އައު 3 ކެމްޕޭނެއް މިހާރުވެސް ވަނީ ފަށާފައެވެ. އެއީ ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުން، މި ކެމްޕެއިންތަކެވެ. އިންސާނިއްޔަތުކަން ދެމެހެއްޓުން ކެމްޕޭނުގައި ބޮޑަށް އަލިއަޅުއްވާލައްވާނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިޙްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް