ތެލެސީމިއާ ބަލި ހުންނަ މީހުންނަށް ޚާއްސަ ""ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު" ހުޅުވައިފި

ތެލެސީމިއާ ބަލި ހުންނަ މީހުންނަށް، އެހީތެރިވުމަށް ޚާއްސަ ސެންޓަރެއް ހުޅުވައިފިއެވެ. "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު"ގެ ނަމުގައި  ހުޅުވި މި ތަން ހުންނަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގައެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މީގެ ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްސަ ފަރުވާ ދިނުމުގައި ގިނަ ދަތިތައް ހުންނަ ކަމަށެވެ. ނަމަވެސް، މިހާރު ފަސޭހަކަމާ އެކު ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ހާލު ބެލި، އެހީ ފޯރުކޮށްދިނުމަށް ސެންޓަރުގެ ސަބަބުން މަގުފަހިވާނެކަމަށް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ޤާއިމުކޮށްފައިވަނީ ބެލަރުސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކުއެވެ. މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް