އެސްޑީއެފްސީގެ ބޯޑުގެ ޗެއަރޕަރސަނަކަށް މުޙައްމަދު ޝަރީފު އަދި ޑިރެކްޓަރަކަށް ފަރިހަތު ވަހީދު

އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފް ޢައްޔަންކޮށްފިއެވެ.

އެސްޑީއެފްސީން މިއަދު އިޢުލާންކޮށްފައިވާ ގޮތުގައި ޝަރީފްގެ އިތުރުން އެ ބޯޑުގެ ނޮން-އެގްޒެކެޓިވް މެންބަރުގެ މަޤާމަށް ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓީޖިކް ޕާޓްނަރޝިޕްސް، ފާޠިމަތު ފަރިހަތު ވަޙީދުވެސް ވަނީ ޢައްޔަންކޮށްފައެވެ.

މީގެ އިތުރުން މިއަދު ވަނީ އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށްވެސް ބޭފުޅަކު ޢައްޔަންކޮށްފައެވެ. އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ބަދުރުއްދީން ޙަސަނެވެ.

މިއާއެކު އެސްޑީއެފްސީގެ ބޯޑުގައި މިހާރު ޖުމުލަ ހަ މެންބަރުން ތިއްބަވާނެއެވެ. އެއީ ޝަރީފާއި ބަދުރުއްދީނާއި ފަރިހަތުގެ އިތުރުން ފާޠިމަތު އަޒްމާ އާއި އަހުސަލް މުޙައްމަދު އަދި ފާޠިމަތު ޔަމްނާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް