މީގެ ފަހުން ސީއެސްސީ ޝަކުވާއާއި މައްސަލަތައް ހުށަހެޅޭނީ "މައި އެކައުންޓް" ޕޯޓަލް މެދުވެރިކޮށް

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް މީގެ ފަހުން ޝަކުވާއާއި މައްސަލަތައް ހުށަހެޅޭނީ "މައި އެކައުންޓް" ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށް އެކޮމިޝަނުން ނެރުނު ސަރކިއުލަރއެއްގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ އެކި ކަންކަމާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކަށާއި، ސިވިލް ސަރވިސް ކޮމިޝަނަށް ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތައް، ސެޕްޓެންބަރު 2 އިން ފެށިގެން ހުށަހަޅަންޖެހޭނީ "މައިއެކައުންޓު" މެދުވެރިކޮށް، ކޮމްޕްލެއިންޓްސް ރިކުއެސްޓެއްގެ ގޮތުގައި ކަމަށެވެ.

ސީއެސްސީން ބުނީ "މައިއެކައުންޓަކީ" އީ-ފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ވެސް ވަދެވޭނެ ޕޯޓަލެއް ކަމަށާއި، "މައިއެކައުންޓް" މެދުވެރިކޮށް އިދާރާތަކަށާއި، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ޕްރޮގްރެސް އަދި ޖަވާބު ހުށަހަޅާ މީހަކަށް ފެންނަން ހުންނާނެ ކަމަށެވެ. އަދި ޖަވާބުދިނުމުން، އެސްއެމްއެސްގެ ޒަރީއާއިން އެ ކަން އެ މީހަކަށް އެންގޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

"މައިއެކައުންޓް" މެދުވެރިކޮށް ޝަކުވާތަކާއި މައްސަލަތައް ހުށަހަޅާނެގޮތް އަންގައިދޭ ޔޫޒަރ މެނުއަލްވެސް ސީއެސްސީން ވަނީ ޝާއިޢުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް