މި މަހު 11 އިން ފެށިގެން ކަމަދޫއަށް ސީޕްލޭން ދަތުރުފަށަނީ

ސެޕްޓެމްބަރު އެގާރައިން ފެށިގެން ބ ކަމަދޫ އަށް ސީޕްލޭން ދަތުރު ފެށުމަށް ނިންމައިފިކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ ސެޕްޓެމްބަރު 11 އިން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި އެރަށަށް ސީޕްލޭން ދަތުރުކު ކުރާނެ ކަމަށެވެ. ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސް ހޮޓެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މި ނިމުނު އޮގަސްޓް މަހުގެ އެގާރަ ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ އެ ރަށަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ކަމަދުއަށް އީދާއި ބޮޑު ޗުއްޓީ ފަދަ ބަންދުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ޒިޔާރަތް ކުރެ އެވެ. އެ ރަށުގައި ސީ ޕްލޭން ހިދުމަތާ އެކު، ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް ކަމަދޫ ކައުންސިލުން ދެކެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް