ޒުވާން މަސްވެރިންނަށް ހިންގާ ތަމްރީނު ޕްރޮގާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކަން އިތުރުކުރަން ސަރުކާރުން ހިންގާ ޕްރޮގާމުގައި ބައިވެރިވާން ހުޅުވާލި މުއްދަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

އެ ވުޒާރާއިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަުހުގެ 17ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

ވާލްޑް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދަ "ޓްރާންސފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް"، (ޓްރާންސްފޯމް) ގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 3 މަސް ދުވަހުގެ މުއްދަތަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް