ރީޖަނަލް އެއާޕޯޓްސް ހުރިހާ އޮޕަރޭޝަންތަކެއް އެމްއޭސީއެލަށް ބަދަލުކޮށްފި

ޑޮމެެސްޓިކް އެއާޕޯޓުތައް ކުރިން ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު އާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާގޮތުގައި، ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއް ހިންގުމުގެ ހުރިހާ ކަމަކާ އެމްއޭސީއެލްއިން ހަވާލުވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

އަދި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލް އިން ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެ އެވެ.

"އަޅުގަނޑުމެން ޓޯޓަލް ޓޭކްއޯވާ ކުރިތާ ދެހަފުތާ ވަރު މިވީ،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން، ރީޖަނަލް އެއާޕޯޓްސް އިން ހިންގި އެއާޕޯޓްތަކާ އެމްއޭސީއެލް އިން ހަވާލުވި އިރު އެ އެއާޕޯޓްތަކުގެ ހާލަތު އޮތީ ވަަރަށް ދަށްކޮށް ކަމަށާއި އެގޮތުން ބައެއް ތަންތަނުގެ ފަޔާ ފައިޓިން އިކްއިޕްމެންޓް ހުރީ އެ ހުރި ހާލަތުގައި ބަހައްޓައިގެން އެއާޕޯޓް ނުހިންގޭ ހިސާބުގައި ކަމަށް އެމްޑީ ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް