މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުން އެފްއައިޓީ ފަތުރުވެރިންނަށް %15 ގެ ޑިސްކައުންޓެއް

ޤައުމީ އެއާލައިން، މޯލްޑިވިއަނުން ރަށު ފަތުރުވެރިކަމަށް އެހީތެރިވުމުގެ ގޮތުން ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް (އެފްޓީއައި) ގެ ޓިކެޓުތަކުން ބޮޑު ޑިސްކައުންޓެއް ދިނުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓުއަރ އޮޕަރޭޓަރެއް ނުވަތަ ޓްރެވަލް އެޖެންސީގެ އެހީއާ ނުލައި ރަށު ފަތުރުވެރިކަން ތަޖުރިބާކޮށްލަން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓްތަކުގެ ޓިކެޓުން %15 ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އަދި މި ނިންމުމުގެ ސަބަބުން ފަތުރުވރިންނަށް ރާއްޖެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ކުޑަވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ލޯކަލް ކޮމިއުނިޓީތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިޤުތިޞާދީ ފައިދާ ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން އުއްމީދުކުރެއެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވިއަނުން އެޅި ފިޔަވަޅެކެވެ.

މޯލްޑިވިއަނުން ބުނީ މިއަދުން ފެށިގެން މި ފެއަރގެ ދަށުން ފްލައިޓްތައް ބުކްކުރެވޭނެ ކަމަށާއި، މި ޓިކެޓުތަކަށް ދަތުރު ކުރެވޭނީ އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެފްޓީއައިގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މޯލްޑިވިއަންގެ ވެބްސައިޓު މެދުވެރިކޮށް މި ފެއަރގެ ދަށުން ޓިކެޓު ނެގޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް