ފެރިދޫން ބަންޑާރަ ގޯތި ދޫކުރަނީ

އަރިއަތޮޅު އުތުރުބުރީ ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފެރިދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ފެރިދޫ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2،000 އަކަފޫޓުގެ 133 ގޯތި ކަމަށާއި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ އއ. ފެރިދޫ ލޭންޑް ޔޫސް ޕްލޭން ގައި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކަމަށެވެ.

މިގޮތުން ކައުންސިލުން ވަނީ "އއ. ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޢުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފައެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 02 ސެޕްޓެމްބަރ 2025 އިން 22 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މިކަމާ ގުޅެ އިތުރު މައުލޫމާތު 6660545 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް