ގދ. ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ގާއިމްކޮށްފި

ގދ. ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ގާއިމްކޮށްފިއެވެ.

މި ކަނދުފަތީގެ ނަންބަރަކީ Q09D01-01އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

0°00.059'N

73°06.026'E

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެކެވެ.

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މި މުޒާރާއިން ވަނީ ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް