ކ.ދިއްފުށި ކައިރީގައި ވަދު ކަނދުފަތި ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކ. ދިއްފުށި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ދިއްފުށި ކައުންިސލުން ވުޒާރާގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި މި ވުޒާރަގެ ފަރާތުން ސްޓޭޓް މިނިސްޓަރ މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ބައިވެރިވެވަދައިގެންނެވި އެވެ. އަދި ކ. ދިއްފުށި ކައުންސިލްގެ ފަރާތުން ކައުންސިލްގެ އިސްބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިއްފުށި ކައުންސިލުން ވަނީ ރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން ދިއްފުށި ކައިރީގައި ވަދު ކަނދުފަތި ގާއިމް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ބައްދަލުވުމުގައި، ދިއްފުށީ ކައުންސިލުން އެދިލައްވާފައިވާގޮތަށް ދިއްފުށީ ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވުޒާރާގެ ފަރާތުން ދެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް މި ވުޒާރާއިން ދިއްފުށި ކައުންސިލަށް ވަނީ ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް