ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން 2،000 ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ) އާ ރޭ ހަވާލުކޮށްފި އެވެ.

މި ހައުސިން ޔުނިޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ރޭ ބޭއްވި ޖަލްސާގައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. ސަރުކާރުން ނިންމާފައި ވަނީ ރައީސް މިރޭ އިއުލާން ކުރެއްވި 2،000 ހައުސިން ޔުނިޓުގެ ތެރެއިން 1،300 ޔުނިޓް ކުޅުދުއްފުށީ ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގައި އިމާރާތް ކުރާށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް