ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ދޮންފަނުގައި ކުރިއަށް ގެންގޮސްފި

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ބ. ދޮންފަނުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ދޮންފަނު ޕޮލިސް ޕޯސްޓުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކުން އިސްރަށްވެހިންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ސްކޭމް މައްސަލަތައް އިތުރުވަމުންދާ މި ދުވަސްވަރު އެފަދަ ކަންކަމުން ރައްކާތެރިވުމަށް އަމަލުކުރަންވީ ގޮތްތަކާއި، ސްކޭމްކުރާ ފަރާތްްތަކުން ބޭނުންކުރާ އުކުޅުތައް ބުނެދީ ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. ވަކިން ހާއްސަކޮށް ނުދަންނަ މީހުންގެ ފޯނުކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ބުނެދީފައިވެއެވެ.

މީގެ އިތުރުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމާ ގުޅުންހުރި މުހިންމު މައުލޫމާތު ހިމެނޭ ލީފްލެޓް ވަނީ ހަވާލުކޮށްފައެވެ. މި ލީފްލެޓްތަކުން، ސްކޭމްގެ ބާވަތްތަކާއި، ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތަކުގެ މައްޗަށް ފުރިހަމަ މައުލޫމާތު ލިބިގެންދާނެއެވެ. މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޖިނާއީ ކުށްތައް މަދުކުރުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް