މަކުނުދޫ އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. މަކުނުދޫ އެއާޕޯޓް އެޅުމާއި ބިން ހިއްކުމުގެ އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މަކުނުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި އެ ރަށު ބިން ހިއްކާ ނިމޭއިރު އެއާޕޯޓުގެ އިތުރުން ބޯހިޔާވަހި ކަމަށް ވެސް ހައްލު ލިބި އަދި އިގްތިސާދީ ގޮތުން ކުރިއަރާނެ ކަމަށެވެ.

މަކުނުދޫއަކީ ރާއްޖޭގެ އެންމެ ބޮޑު ފަޅެއް އޮންނަ އެއް ރަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް