ގއ. ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

ގއ.ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.

މިކަން ހާމަކޮށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މި ވަދު ކަނދުފަތީގެ ނަންބަރަކީ O09V02 އެވެ. މި ވަދު ކަނދުފަތި އަޅާފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ލޮކޭޝަނުގައިކަމަށެވެ.

00°43.000'N

73°08.000'E

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ވަދު ކަނދުފަތި ޤާއިމްކުރެވުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، ފާހަގަކުރެވޭފަދަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުރު ޝައުޤުވެރިކަމެއް އުފެދި، އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް