ތިނަދޫން ކުއްޔަށް ދީފައިވާ ބިންތަކުގެ ކުލި ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީ

ތިނަދޫ ސިޓީން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ގަވާއިދުން ކުލި ނުދައްކާ ބިންތަކާއި، އެފަދަ ބިންތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 2025 އޮގަސްޓް 15 ގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ، ނަމަވެސް ނުލިބިވާ ފައިސާގެ ޢަދަދަކީ 29,891,891.48 ކަމަށެވެ.

އެ އިދާރާއިން ވަނީ ގަވާއިދުން ކުލި ނުދައްކާ 42 ފަރާތެއްގެ ތަފްޞީލްވެސް އާންމުކޮށްފައެވެ.

ސިޓީ ކައުންސިލުން ވަނީ ބިމު ކުލި ދައްކަމުން ނުދާ ފަރާތްތަކުން ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ގެންދިއުމަށް އެދިފައެވެ. އަދި ނުދައްކާހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށްވެސް ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް