4000 ފްލެޓް ސަރަހައްދުގައި ބަސް ސްޓޮޕެއް ޤާއިމުކޮށްފި

ހަތަރުހާސް ފްލެޓް ސަރަހައްދުގައި ބަސް ސްޓޮޕެއް ޤާއިމުކޮށްފިއެވެ.

މިއީ އެ ސަރަހައްދުގައި ހަދަން ހަމަޖެހިފައިވާ ބަސް ސްޓޮޕްތަކުގެ ތެރެއިން ފުރަތަމަ ބަސް ސްޓޮޕެވެ. މި ބަސް ސްޓޮޕްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނީ، "ގެދޮރުވެރިޔާ" މަޝްރޫޢުގެ ދަށުން އަޅާފައިވާ ހަތަރުހާސް ފްލެޓް ސަރަހައްދުގައި 5 ބަސް ސްޓޮޕް ގާއިމު ކުރާނެ ކަމަށެވެ.

އެ ސަރަހައްދަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، މަގުތައް މަރާމާތުކުރުމާއި ދުވާރު ތަރައްޤީކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ.

ހަތަރުހާސް ފްލެޓްގެ މަޝްރޫޢަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް