މަރާމާތަށް އެސްޓީއޯ އައިޖީއެމްއެޗް ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން ދަރުމަވަންތަ ފާމަސީއަށް ބަދަލުކޮށްފި

އެސްޓީއޯ އައިޖީއެމްއެޗް ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން ދަރުމަވަންތަ ފާމަސީއަށް ބަދަލުކޮށްފިކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިކަން ހާމަކޮށް އެސްޓީއޯއިން މިއަދު ބުނީ އެ ކުންފުނިން އައިޖީއެމްއެޗްގައި ހިންގަމުންދާ ފާމާސީ މަރާމަތުގެ މަސައްކަތެއް ކުރުމަށްޓަކައި އޮގަސްޓު 23 އިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި މުއްދަތުގެ ތެރޭގައި ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން އެސްޓީއޯ ދަރުމަވަންތަ ފާމަސީއަށް ބަދަލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް