އިންޑިއާއިން 14 ސީޓުގެ ވޭނެއް އިމިގްރޭޝަނަށް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ އިމިގްރޭޝަނަށް 14 ގޮނޑީގެ ވޭނެއް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން މި ވޭން ހަވާލުކޮށްދެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ވޭނާ ހަވާލުވެވަޑައިގެންނެވީ ކޮންޓްރޯލަރ ޖެނެރަލް، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙެވެ.

އިމިގްރޭޝަނުން ވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވި މި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

އަދި މިކަމުގެ ސަބަބުން އިމިގްރޭޝަންގެ ޤާބިލުކަން އިތުރުވެ، ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް