ފިނޭގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި

ހދ. ފިނޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި ފިނޭއަށް ވަޑައިގެން އެރަށުގައު ބޭއްވި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ފިނޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ކައުންސިލް ރައީސް އަދްނާން އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފެށި ހިދުމަތެކެވެ.

ބޭންކުން ބުނިގޮތުގައި މި އަހަރު ނިމުމުގެ ކުރިން އޭޓީއެމް ނެތް ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމަށް ވަނީ ރޭވިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް