ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް އަރުވައިފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްމަރްޙޫމް މުޙައްމަދު މާޖިދު (މެޒޯ) އެވެ. މެޒޯގެ ހަނދާނަށް އެރުވި މި އެވޯޑާ ޙަވާލުވީ މެޒޯގެ އަންހެން ދަރިފުޅު އަދި މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުއެވެ.

މިއަހަރު ފެބުރުވަރީ 12 ވީ ދުވަހު އުމުރުން 59 އަހަރުގެ މެޒޯ މުޙައްމަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. މިއުޒިކުގެ ދާއިރާގައި ރާއްޖޭގެ މެޝަހޫރު ފަންނާނު މެޒޯ މިއުޒިކްގެ ދާއިރާއަށް ނިކުތީ 1977 ވަނަ އަހަރު ކޯބްރާސްއިންނެވެ. މިއުޒިކްގެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އިރު ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް އޭނާ ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

2010 ވަނަ އަހަރު މުޙައްމަދު މާޖިދު އަށް ވަނީ ޕަރފޯމިން އާރޓްގެ ދާއިރާއިން ލަވަކިޔުމާއި މިއުޒިކް ކުޅުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް