ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު ހަނދާންކޮށްދެނީ، ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ބަޠަލުންގެ ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް: ރައީސް

ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު ހަނދާންކޮށްދެނީ، ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ބަޠަލުންގެ ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު ފުރިފައިވާއިރު، އެ ޒިކުރާތަކާއި އެ ތަކުރުފާނު ހޯއްދެވި ފަޚުރާއި ޝަރަފު ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު އަދިވެސް ދިރެމުންދާ ކަމަށެވެ. އަދި ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބުރަތް ޙާޞިލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ. އުތީމުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް