ޤައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު
ޤައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް އެމްއެންޑީއެފުން ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ޤައުމީ ދުވަހުގެ ހިނގާލަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގައިކަމަށެވެ. އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ހަތަރު ސަރަހައްދަކަށް ހުއްޓާނެއެވެ. އެއީ ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމައްޗަށާއި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި އާއި މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗަށެވެ. މި ހިނގާލުން ނިންމާލާނީ ކަޅުތުއްކަލާ ކޮށްޓަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް