ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ބެހޭ ސްޓޭކްހޯލްޑަރ ބައްދަލުވުންތަކުގެ ފުރަތަމަ ބުރު ނިންމާލައިފި

ސަރުކާރުން ކުރިއަށް ގެންދާ ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ބެހޭ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތަކުގެ ފުރަތަމަ ބުރު ނިންމާލައިފިކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން ހާމަކުރި ގޮތުގައި ގިނަ އިދާރާތަކެއް ބައިވެރިވި މި މަސައްކަތު ބައްދަލުވުންތަކުގައި ދުރު މުސްތަޤުބަލުގައި ސަރުކާރުން ބޭނުންވާ އިޤްޠިޞާދީ ލަނޑުދަނޑުތައް ޙާޞިލްކުރުމަށް މަގުފަހިވާނެގޮތަށް ޕްރޮގްރާމް ބައްޓަންކުރުމަށް އަހައްމިޔަތުކަމެއް ދީފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސަރުކާރާއި ހެންލޭ އެންޑް ޕާޓްނަރޒް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 01 ޖުލައި 2025 ގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤާއިމްވެފައިވާ މަންޒިލެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިޤުތިޞާދީ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް