ކައުންސިލް އިންތިޚާބާ ދިމާކޮށް އީސީއަށް ގިނަ އަދަދެއްގެ މުވައްޒިފުން ހޯދަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ގިނަ އަދަދެއްގެ މުވައްޒިފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިޢުލާނު ކޮށްފިއެވެ.

އީސީ އިން މިއަދު ބުނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އެ ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒިފުން ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން އީސީން ވަނީ 260 ވުރެ ގިނަ މަޤާމަށް މުވައްޒިފުން ހޯދާ ކަމަށް ބުނެފައެވެ.

އީސީން މުވައްޒަފުން ހޯދާ މަޤާމުތަކުގެ ތެރޭގައި އޮފިސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ސީނިއާ އޮފިސަރުންނާއި ޑްރައިވަރުންނާއި މެއިންޓަނަންސް އޮފިސަރުން ހިމެނެއެވެ.
އަދި އީސީން މީހުން ހޯދާ ދާއިރާތަކުގެ ތެރޭގަި ސެކިއުރިޓީ އޮފިސަރުންނާއި މަސައްކަތު މީހުން ހިމެނެއެވެ.
ހަމައެހެންމެ ލޮޖިސްޓިކް އޮފިސަރުންނާއި އެސިސްޓެންޓް މާސްޓާ ޓްރޭނަރުންނާއި ގްރެފިކްސް ޑިޒައިނަރުންނާއި ޓެކް އޮފިސަރުންނާއި ފޮޓޯ ގްރާފަރުންނާއި އޮފީސް އެސިސްޓެންޓުންގެ މަގާމަށްވެސް އީސީން ވަނީ މުވައްޒަފުން ހޯދަން އިއުލާނުކޮށްފައެވެ.
އީސީން ބުނީ އެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2026 ފެބްރުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ 3:00 ކަމަށެވެ.
މީގެ އިތުރުން އެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ވޯކިން އިންޓަވިއު އޮންނާނީ 29 އޮގަސްޓުގައި ކަލާފާނު ސްކޫލްގައި އަދި 30 އޮގަސްޓުގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ކަމަށް އީސީން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް