ހެލްތު މިނިސްޓްރީގެ ޕީއެސް ގެ މަޤާމަށް ދެވަނަ ދައުރަކަށް ސާމިޔާ
މިނިސްޓްރީ އޮފް ހެލްތު ގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް ދެވަނަ ދައުރަކަށް އައިޝަތު ސާމިޔާ މިއަދު އައްޔަންކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ. ހެލްތު މިނިސްޓްރީން ވަނީ ޕާމަނަންޓް ސެކްޓްރީ ސާމިޔާ އަށް މަރުހަބާ ދަންނަވާފައެވެ.ހެލްތު މިނިސްޓްރީއަށް ޕީއެސް ގެ މަޤާމަށް މީހަކު ހޯދަން ދެފަހަރަށް އިއުލާންކުރިއެވެ. ސާމިޔާ އަކީ ހެލްތު މިނިސްޓްރީގައި ގިނަދުވަސްވަން ދެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް