"ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ފ. އަތޮޅުގައި ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މި ވުޒާރާއިން ކުރިއަށްގެންދާ 'ޙާލު ކިހިނެއް؟' ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ފ. އަތޮޅުގައި ފަށައިފިއެވެ. އެގޮތުން މި ފިޔަވަހީގެ ތެރެއިން ފ. ބިލެއްދޫގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި، ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފ. ބިލެއްދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފ. ބިލެއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާއެކު، އެ ފަރާތްތަކާ ގުޅިގެންނެވެ. ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް