އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާގެ މަންދޫބު މަސްވެރިކަމާބެހޭ ވުޒާރާގެ ވެރިންނާ ބައްދަލުކުރައްވައިފި

އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާ (އެފްއޭއޯ) ގެ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ޝަރަން ވިމްލެންދްރާ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިހާރު ކުރިއަށްގެންދާ ޓީސީޕީ-އޭއެފްއޭޑީ ޕްރޮގްރާމްގެ އަދާހަމަ މިނިސްޓްރީގެ އިސްބޭފުޅުންނަށް ވަނީ ދެއްވާފައެވެ. އަދި މަސްވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ ފައިސާ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ މުހިންމުކަމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

މި މަޝްވަރާތަކުގައި އެފްއޭއޯގެ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (ޓީސީޕީ) ކުދި މިންވަރުގެ އަމާޒުކުރެވިފައިވާ މަޝްރޫޢުތައް ހިންގުމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ޤާނޫނު އެކުލަވާލުމަށް އެހީތެރިވުން ފަދަ މުހިންމު އެއްބާރުލުމުގެ ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދެފަރާތުގެ އެއްބާރުލުން ވަރުގަދަވެ، ކުރިމަގުގައި ހިންގޭ މަޝްރޫޢުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭނެ ކަމަށްވެސް މަންދޫބު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް