ސަލްޓަން ޕާރކް އަލުން ތަރައްޤީ ކުރުމަށް އެ ޕާކު ބަންދުކޮށްފި

ސަލްޓަން ޕާރކް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާތީ އެތަން ބަންދުކޮށްފިކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ސަލްޓަން ޕާރކު އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން ތިން މަހުގެ މުއްދަތަކަށް ސަލްޓަން ޕާރކު ބަންދުކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ސަލްޓަން ޕާކަށް ވަރަށް ބޮޑު ބަދަލެއް ގެންނަވައިފަ އެވެ. އަދި ޒަމާނީ ފެންވަރަށް ސަލްޓަން ޕާރކު އަލުން ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް