ރަސްދޫގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ފަށައިފި

އއ. ރަސްދޫގައި ޕާސްޕޯޓް ދޫކުރުމާއި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިއަދު ފަށައިފި އެވެ.

އެ ދެ ޚިދުމަތް ފަށާފައި ވަނީ އއ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު އިރޮއޮއްސުނު ވަގުތު ބޭއްވި ޖަލްސާގަ އެވެ.

މި ޖަލްސާގައި ރަސްދޫގައި ޕާސްޕޯޓް ދޫކުރުމާއި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އެވެ.

ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ގިނަ ރަށްތަކެއްގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ގެންދަނީ ކާމިޔާބު ކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް