މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ވަނީ، ޓާރމިނަލަކާއެކު ސީ ޕްލޭންގެ ޚިދުމަތް ފަށަން ބޭނުންވާކަމަށާއި، އިތުރުވަމުންދާ އާބާދީއަށާއި އަދި ފަތުރުވެރިކަން ފުޅާވަމުންދިއުމާއެކު މިހާރު ހުރި ހެލްތު ސެންޓަރ ހޮސްޕިޓަލެއްގެ ދަރަޖައަށް ބަދަލުކުރައްވައި، އެފެންވަރަށް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ ފަރާތުން ވަނީ، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، ސައިންސް ލެބެއް ނެތުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.