ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މާލެއިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރަމުންދާ ލޯންޗަކުން މީހަކު ފުނަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / ފުނަމާގެ، ޙަސަން ޝިނާން (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ފުނަދޫ ބަނދަރުމަތިންނެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ފުނަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ޙަސަން ޝިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް