ބޮޑުފޮޅުދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި އިތުރު ވަޞީލަތްތައް ތަރައްޤީކުރަން ޙަވާލުކޮށްފި

އއ. ބޮޑުފޮޅުދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި، އިތުރު ވަޞީލަތްތައް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮޖެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން އެވެ.

މި މަޝްރޫޢުގެ ދަށުން އއ. ބޮޑުފޮޅުދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި، ކުލާސްރޫތަކުގެ އިތުރުން ސްކޫލަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް