ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާ އައު އޭޓީއެމް ބްރާންޗްގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވެސްގެ ތޮއްޑޫ ބްރާންޗްގެ ބިންގާ އަޅާ ޑޮލަރު އޭޓީއެމް އެއް ހުޅުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ތޮއްޑޫގައި ބޭއްވި  ރަސްމިއްޔާތުގައި ވަނީ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމުހޫރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ.

ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ޑޮލަރު ނަންގަވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ފިލައެއް ތޮއްޑޫ ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ތޮއްޑޫގައި ޤާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ މި ޚިދުމަތުގެ ސަބަބުން ތޮއްޑޫއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެންބަރު 2024 ގައެވެ.

ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާ އައު އޭޓީއެމް ބްރާންޗްގެ ބިންގާ އަޅައިފިއެވެ.

މިއަދު ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށުމުގެ އިތުރުން ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާ ވެސް ވަނީ އަޅާފައެވެ.

އެގޮތުން ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރު،ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން އަޙްމަދު އަލީ ހަބީބް އާއި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޝަރީފު އަދި ތޮއްޑޫ ކައުންސިލްގެ ރައީސް އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް