ރާއްޖޭގެ ކަނޑުގެ ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ރާއްޖޭގެ ކަނޑުގެ ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިކަމަށާއި އެ ބޯޓުގައި 6 މީހުން ތިބިކަމަށެވެ. އަދި މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް